ޚަބަރު

އެމްބިއުލާންސާއި ސައިކަލެއް ޖެހި، ސައިކަލުގައި އިން މީހާ އަނިޔާވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މަގުމަތީ ހުރި އެމްބިއުލާންސެއް - ދެން ފޮޓޯ

އެމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް މިރޭ ޖެހި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގީ މާލޭގެ އަމީނީ މަގު، ކުރިން ހައުސިން މިނިސްޓްރީ ހުރި އިމާރާތް ކައިރިންނެވެ. އެކްސިޑެންޓްގެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 7:30 ހާއިރެވެ.

ސައިކަލު ދުއްވަން އިން މީހާ އަނިޔާވީ ނިއްކުރިމައްޗަށެވެ. އޭނާގެ ނިއްކުރިމަތި ވަރަށް ބޮޑަށް ދުޅަވި ކަމަށް ފުލުހުން ބުންޏެވެ. އޭނާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ބަލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!