ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކޮންމެ އަހަރު ވެސް ޖެންޑާ އެންޑް ސޯޝަލް މިނިސްޓްރީން ދޫކުރާ ރެހެންދި އެވޯޑުގެ މި އަހަރުގެ އެވޯޑަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
މި އެވޯޑުގެ މަގުސަދުތަކަކީ:
- ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުން
- އަންހެނުންގެ ހައްގުތަކަށާއި ކުރިއެރުމަށް މަސައްކަތްކުރާ ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމިއްޔާޖަމާއަތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުން
މި އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލީ މިއަދުން ފެށިގެން މެއި 4، 2025ގެ ނިޔަލަށެވެ.
އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު ވެސް އޮންނާނެ އެވެ.
ރަށްރަށުގައި ގާއިމުކޮށްފައި އޮންނަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުއިއްޔާ ޖަމާއަތްތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.