ހިތްފަޅައިގެން ދާވަރުވޭ: އަންހެނަކު ކޯވިޑް 19 ޖެހިގެން މަރުވީ ފުރަތަމަ ދަރި ވިހެއުމަށްފަހު
ކޯވިޑް19 ޖެހުނު އަންހެނަކު އޭނާގެ ފުރަތަމަ ދަރި ވިހޭތާ ގަޑިއިރުތަކެއް ފަހުން މަރުވެއްޖެއެވެ.
ޖެލީނާ ނަމަކަށް ކިޔާ އުމުރުން 36 އަހަރުގެ އަންހެނަކަށް ކޯވިޑް 19 ޖެހުނީ، ވެސްޓާން ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ އިވާނޯ ފްރެންކިވްސްކުގައި ހުންނަ ޕެރިނެޓަލް ސެންޓަރަކުންނެވެ.
އެ އަންހެން މީހާ އެ ޕެރިނެޓަލް ސެންޓަރުގައި މިދިޔަ މަހުގެ 10 ވަނަ ދުވަހު އެޑްމިޓް ކުރިއިރު ކޯވިޑް 19 ގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އޭނާ އެ ސެންޓަރުގައި އެޑްމިޓްކޮށްފައި އޮތްތާ 19 ދުވަސްފަހުން ވަރަށް ބޮޑަށް ބަލިވިއެވެ. އެ ސިޓީގެ ލޯކަލް ހެލްތު އޮތޯރިޓީގެ ތަރުޖަމާނު ކަމަށްވާ ވޮލްޑީމްޔަރ ޗެމްނީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބުނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ އަންހެން މީހާގެ ހާލު ވަރަށް ސީރިއަސް ވި ކަމަށެވެ.
އެއަންހެން މީހާގެ ބޮޑީ ޓެމްޕަރޭޗަރ 39 ޑިގްރީ ސެލްޝިއަސް އަށް ވެއްޓި، އޭނާގެ ލޭގެ އޮކްސިޖެން ލެވެލް ވަރަށް ބޮޑަށް ދަށްވި ކަަމަށްވެސް ޗިމްނޭ ބުންޏެވެ. ޗިމްނޭ އިތުރަށް ބުނީ އެއަންހެން މީހާއަށް ނޭވާލަން އުނދަގޫވެ ކޯވިޑް 19 ގެ އިތުރު އަލާމާތްތަކެއް ފެނުމުން ވަގުތުން ޓެސްޓް ކުރިކަަމަށާއި އަދި ނަތީޖާ ޕޮޒިޓިވްވި ކަމަށެވެ.
އޭނާއަށް ކޯވިޑް 19 ޖެހިފައިވާކަން އެނގުނު ދުވަހު ވަނީ ވިހާފައެވެ. ޖެލީނާ ވިހެއީ އަންހެން ކުއްޖެކެވެ. އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ވިހެއުމަށް ފަހު ޖެލީނާގެ ހާލު ވަރަށް ގޯސްވުމުގެ ސަބަބުން އޭނާ ވަނީ ވަގުތުން އިންޓެންސިވް ކެއަރ ޔުނިޓަށް ބަދަލުކޮށް ވެންޓިލޭޓަރަށް ލާފައެވެ.
ޖެލީނާގެ އާއިލާ މީހެއް ކަމަށްވާ އޮކްސަނާ ސްޓެސްވިޗް ބުނީ، ޑޮކްޓަރުން އައިސް ޖެލީނާ ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ކަނޑާލާފައިވާ ވާހަކަ ބުނިކަމަށާއި، ޖެލީނާ އޮތް ވާޑަށް ވަދެ އޭނާއަށް އަލްވަދާއު ކިޔުމުގެ ފުރުސަތު އާއިލާއަށް ދިން ކަމަށެވެ.