އީސީގެ ރައީސްކަމަށް ޒާހިދު، ނައިބަށް ސޮލާހު އައްޔަނުކޮށްފި

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސްގެ މަގާމަށް މުހައްމަދު ޒާހިދު އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އަބްދުއްރަހުމާން ސޮލާހު ރަޝީދު މިއަދު އައްޔަނުކޮށްފި އެވެ.
ޒާހިދުއާއި ސޮލާހު އީސީގެ މެމްބަރުކަމަށް އައްޔަނުކުރީ މިދިޔަ މަހު އެވެ. އަދި އޭގެ ފަހުން އެ ދެ ބޭފުޅުން އީސީގެ އިސް ވެރިންގެ މަގާމަށް އައްޔަނުކުރަން ރުހުން ހޯދަން ފޮނުވުމުން މަޖިލީހުން އިއްޔެ ވަނީ ދެ ބޭފުޅުންނަށް ވެސް ރުހުން ދީފަ އެވެ.
އީސީން މިއަދު ބުނީ ޒާހިދު އީސީގެ ރައީސްގެ މަގާމަށް އަދި ސޮލާހު ނައިބުގެ މަގާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފައިވާ ކަމަށެވެ.
އީސީގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ފުއާދު ތައުފީގު އެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނެވީ އަލީ ނަޝާތު އެވެ.
ފުއާދު މިިދިޔަ ނޮވެމްބަރު މަހު ވަކިވެވަޑައިގެންނެވީ ދައުރު ހަމަވުމުންނެވެ. އަދި ނަޝާތު ވަނީ ބޮޑެތި އެކި މައްސަލަަތަކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު މަގާމުން ވަކިކޮށްފަ އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އިސީގައި ޒާހިދުއާއި ސޮލާހު އާއެކު މިހާރު ތިއްބަވަނީ ތިއްބަވަނީ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބު އިސްމާއިލް އަދި ޑރ. މުހައްމަދު ޒާހިރެވެ.
