ޚަބަރު

މައުމޫނުގެ އަތު ލިޔުމަށް ބަލައިގެން ފޮންޓެއް ނެރެނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މައުމޫންގެ އަތުލިޔުމަށް ބަލައިގެން ނެރޭ ފޮންޓްގެ ޕޯސްޓަރު

ރާއްޖޭގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުއްގައްޔޫމުގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ނެރެން ތައްޔާރުވެއްޖެ އެވެ.

Ads by MPL

ދިގު 30 އަހަރު ވެރިކަންކުރެއްވި މައުމޫން ހިންގަވާ މައުމޫން ފައުންޑޭޝަންއާ ގުޅިގެން މި ފޮންޓް ތައްޔާރުކުރީ، ފޮންޓް ޑިވެލޮޕިން ފާމެއް ކަމަށްވާ އަކުރު ޓައިޕެވެ.

އަކުރު ޓައިޕް ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައިވާ ގޮތުން ފޮންޓް ލޯންޗު ކުރުމުގެ ގޮތުން ފޮންޓްގެ މައުރަޒެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

މައުރަޒު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ބޮޑުތަކުރުފާނު މަގުގެ ހެންވޭރު އުތުރުކޮޅުގައި ހުންނަ މާލެ އާޓް ގެލެރީގަ އެވެ. އެ ދުވަހުގެ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށް މައުރަޒު ކުރިއަށް ދާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!