ޚަބަރު

ކޮވިޑް-19: ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 49 މީހަކު މާދަމާ ދޫކޮށްލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ކަރެންޓީން ފެސިލިޓީތަކުގައި ތިބި 49 މީހެއް މާދަމާ ދޫކޮށްލެވޭނެ ކަމުގައި ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ރާއްޖޭގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގައި އެކި ޤައުމުތަކުން އައިސްތިބި 881 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށާއި ތެރެއިން 49 މީހަކު މާދަމާ ދޫކޮށްލުމަށް ހަމަޖެހިފައިވާކަމަށެވެ.

މާދަމާ ދޫކޮށްލާނީ 14 ދުވަސް ފުރިހަމަވުމާއެކު ޓެސްޓްކޮށް ބަލިނެތްކަން ކަށަވަރުވާ މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މާދަމާ ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައިތިބި ބަޔަކު ދޫކޮށްލެވޭނެ. 49 މީހެއްގެ ޓެސްޓް މިހާރުވަނީ ހެދިފައި. އަދި އޭގެތެރެއިން ޓެސްޓްތައް ﷲގެ އިރާދަފުޅުން ނެގެޓިވްވެއްޖެނަމަ އެމީހުން ދޫކޮށްލާނެ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މާދަމާ ކަރަންޓީނުން ދޫކޮށްލާއިރު އެމީހުން ބަލައި އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. މާދަމާ ދޫކޮށްލާ މީހުން ބަލައި ދާންޖެހޭތަނެއް އެޗްޕީއޭއިން އެމީހުންގެ ޢާއިލާތަކަށް އަންގާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!