ޚަބަރު

"ގޭގައި ތިބޭ! އެހެން ނޫނީ ހަތަރުލައްކަ ވެންޓިލޭޓަރ ގެންނަން ޖެހިދާނެ"

ދެން އެމްވީ ، ދެން އޮންލައިން

ސިއްހީ ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުނާހާ ބޭރުގައި އުޅޭނަމަ ރާއްޖެއަށް 400000 ވެންޓިލޭޓަރު ގެންނަން ޖެހިދާނެ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރާއްޖޭގެ މުޅި އާބާދީއަށް އިޝާރާތް ކުރަމުން މަބްރޫކް ވިދާޅުވީ، އިރުޝާދުތަކަށް ބޯނުލަނބާ އެއްވެސް ވަރަކަށް ވިސްނުމެއް ނެތި މަގުމައްޗަށް މީހުން ނިކުމެއް އުޅެން ފަށައިފިނަމަ 200 ވެންޓިލޭޓަރުން ނުފުދޭނެ ކަމަށާއި 400،000 ވެންޓިލޭޓަރު ގެންނަން ޖެހިދާނެ ކަމަށެވެ.

"މިކުރާ ކަންކަމަށް ނުވިސްނާ ބަޔަކަށް އަޅުގަނޑުމެން ވެއްޖެއްޔާ އެއްފަހަރާ ވަރަށް ގިނަ ބަޔަކަށް ބަލި ޖެހިދާނެ ޖެހިއްޔެއްޔާ ދުއިސައްތަ ތިންސަތޭކައެއް ނޫން ހަތަރު ލައްކަ ވެންޓިލޭޓަރު ގެނެސްގެން އަޅުގަނޑުމެން ތިބެން ޖެހޭނީ" އިޖުތިމާއީ ގައިދުރުކަމަށް ނުވިސްނާ ބޭރަށް ނިކުމެ އުޅުމުގެ ނުރައްކާ އޮތްކަން ފާހަގަވާ ގޮތަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަމުން މި އަންނަނީ މި ބަލި ކޮންޓްރޯލްކޮށް ފެތުރޭ މިންވަރު ލަސްކުރަން ކަމަށެވެ. ބަލި ފެތުރޭ މިންވަރު ލަސްވަންޏާ އެއްފަހަރާ ފަރުވާ ދޭންޖެހޭ މީހުން މަދުވެގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން ފަރުވާގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!