ދުނިޔެ

ދަމާސްގެ ހިއްސާ ހޯދުމަށް އިންޑިއާގެ ޓާޓާ ގްރޫޕުން މަޝްވަރާކުރަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
AXR11K Interior of the departures shopping area at Abu Dhabi International Airport Terminal 1, UAE.. Image shot 03/2008. Exact date unknown.

ދުބާއީގައި މައި އޮފީސް ހުންނަ، މެދު އިރުމަތީގެ އެންމެ ބޮޑު އެއް ޖަވާހިރު ވިޔަފާރި ކުންފުނި ކަމަށްވާ ދަމާސްގެ ހިއްސާ ގަތުމަށް އިންޑިއާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޓާޓާ ގްރޫޕުން މަޝްވަރާކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އޭޖީބީއައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދަނީ ޓާޓާ ގްރޫޕުގެ ދަށުން ހިންގާ ޓައިޓަން ކުންފުނީގެ ފަރާތުންނެވެ. ޓައިޓަން އަކީ އިންޑިއާގެ އެންމެ ބޮޑު ޖަވާހިރު ވިޔަފާރި ކުންފުންޏެވެ.

ދަމާސްގެ ހިއްސާ ގަތުމަށް ޓާޓާ ގްރޫޕުން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ، މެދު އިރުމަތީގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ދަމާސްގެ ވިޔަފާރި ފުޅާވެފައިވަނީ މެދު އިރުމަތީގެ އެކި ގައުމުތަކަށެވެ.

މި މުއާމަލާތާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ނިންމާފައި ނުވާ ކަމަށާއި، މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި މުޢާމަލާތުގެ އަގާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ދަމާސް އަކީ 1907 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. މިހާރު އެ ކުންފުނީގެ ވެރިފަރާތަކީ ދުބާއީގެ އަލަބާރް ކެޕިޓަލް އެވެ. ދަމާސްގެ 300 އަށް ވުރެ ގިނަ ފިހާރަ މެދު އިރުމަތީގެ އެކި ގައުމުތަކުގައި ހުރެއެވެ.

މި މުއާމަލާތް ފުރިހަމަވެއްޖެ ނަމަ، އެއީ ޓާޓާ ގްރޫޕަށް މެދު އިރުމަތީގެ ބާޒާރުގައި ފުޅާވުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވިޔަފާރީގެ ދާއިރާގެ މާހިރުން ދެކެއެވެ.