ކެފޭތަކަށް ބިލު ނުދައްކާ މީހާ އަލުން ހައްޔަރުކޮށްފި

މާލޭގެ ކެފޭތަކަށް ގޮސް ކާބޯތަކެތީގެ ހިދުމަތްތައް ހޯދުމަށް ފަހު އޭގެ ބިލަށް ފަައިސާ ނުދައްކާ އުޅޭ ޒުވާނާ އަލުން ހައްޔަރުކޮށްފި އެވެ.
ޔާޝިން ރަޝީދު، ހަނދުވަރީގެ/ އދ. މާމިގިލި (23އ) އެންމެ ފުރަތަމަ ހައްޔަރުކުރީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެ ފަހަރު އޭނާ ބަންދުގައި 10 ދުވަހު ބެހެއްޓި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި ދެވަނަ ފަހަރު އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. މި ފަހަރު ހައްޔަރުކުރީ ބުރުޒުމަގުގައި ހުންނަ ކެފޭއަުން ހިދުމަތް ހޯދުމަށް ފަހު ބިލަށް ފައިސާ ނުދައްކައި ދާން އުޅުމުން ކަމަށް ފުލުހުން ބުންޏެވެ.
މި ފަހަރު ވެސް އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
މިދިޔަ ފަހަރު އޭނާ ބަންދުކުރަން ނެރުނު އަމުރުން އެނގުނު ގޮތުގައި އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ އެއީ އާންމުކޮށް ވެސް ކެފޭތަކަށް ގޮސް ބިލު ނުދައްކައި ފިލައިގެންދާ މީހެއް ކަމަށެވެ.