ޚަބަރު

ކާނާ ވިހަވެގެން އެޑްމިޓްކުރި އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފި

. ، ދެން އޮންލައިން
ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކައިރީގައި ފުލުުހުުން ހަރަކާތްތެރިވަނީ/ ފޮޓޯ: އެމްވީ ކްރައިސިސް

ހުޅުމާލޭގައި ބިދޭސީން ބަހައްޓާ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި މީހުންގެ ތެރެއިން ކާނާ ވިހަވެގެން އެޑްމިޓްކުރި 19 ބިދޭސީން ހުޅުމާލެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

Ads by Hajj Corporation

ކާނާ ވިހަވެގެން ރޭ 11 ޖަހާއިރު ބިދޭސީންތަކެއް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ފުރަތަމަ ގެންދިޔައީ 17 މީހެކެވެ. އެފަހުން އިތުރު 2 މީހަކު ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު އެ ހުރިހާ އެންމެން އަނބުރާ ޑިޓެންޝަން ސެންޓަރަށް ގޮސްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ހެނދުުނު ހުރިހާ އެންމެން ވެސް ދޫކޮށްލައިފި،'' ކާނާ ވިހަވީ ކޯއްޗެއް ކައިގެން ކަމެއް އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޓެންޝަންގައި ތިބޭ ބިދޭސީންނަށް ކެއިން ބުއިމުގެ ކަންތައް ހަމަޖައްސާފައި ވަނީ 3 ވަނަ ފަރާތަކަށް އައުޓްސޯސްކޮށްގެން ކަމަށެވެ.

މައްސަލަ އިމިގްރޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.