ޚަބަރު

ދޮގު މައުލޫމާތު ފެތުރުމަކީ ވަރަށް ގެއްލުން ހުރި ކަމެއް: މުފްތީ

ދެން އެމްވީ ، ދެން އޮންލައިން

ދޮގު މައުލޫމާތު ދިނުމާއި ފެތުރުމަކީ ވަރަށް ގެއްލުން ހުރި ކަމެއް ކަމަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

Ads by STELCO

މުފްތީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދުގެ ދުނިޔޭގައި ވަރަށް ގެއްލުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން މީހެއްގެ ފުރާނަ ވެސް ހިނގައިދާނެ ފަދަ ކަމެއް ކަމަށެވެ. އެހެންކަމުން މައުލޫމާތު ފެތުރުމުގައި ސަމާލުވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

"މައުލޫމާތު ޔަގީން ނުކުރެވޭ ނަމަ ބުއްދިވެރި ގޮތަކީ އެ މައުލޫމާތެއް ނުފެތުރުން. ރަނގަޅު ގޮތަކީ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ވުރެ ސަމާލުކަން މަތީ ހުރުން" މުފްތީ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!