Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބޭންކުތަކުގެ ތެރޭ ފުނި ނުޖެހޭނެ ގޮތް ހޯދައިދޭން ޖެހޭ: މާރިޔާ

މި ދުވަސްވަރު ބޭންކުތަކުން އެ ބޭންކު ތެރޭ ފުނި ނުޖެހޭނެ ގޮތް ހޯދައިދޭން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަންދު ވުމުގެ ސަބަބުން މިދިޔަ ހަފްތާގައި ބޭންކުތައް ހުޅުވާފައި ވަނީ ހޯމަ އާއި ބުރާސްފަތި ދުވަހު އެކަންޏެވެ. އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވުމުގެ އެއް ގަޑިއިރު ކުރިން ފެށިގެން ގިނަ ބަޔަކު ވަނީ ބޭންކުތަކުގެ ބޭރުގައި ދިގު ކިޔޫތަކެއް ހަދާފައެވެ.

މިކަމާ ގުޅިގެން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުތަކާއި ސްކޫލްތަކާއި ޖަމާއަތުގައި ނަމާދު ވެސް ނުކުރެވޭ ކަމަށާއި ނަމަވެސް ސަރުކާރު ހިދުމަތް ފުނި ނުޖެހި ލިބޭނެ ގޮތާއި ސްކޫލުތަކުން ކިޔަވައިދެވޭނެ ގޮތް، އަދި އިސްލާމިކް މިނިސްޓްރީން ނަމާދު ކުރެވޭނެ ގޮތުގެ މަގު ދައްކައިދީފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

"ބޭންކުތަކުން ބޭންކު ތެރޭގައި ފުނި ނުޖެހޭނެ ގޮތް ހޯދައިދޭން ޖެހޭ." މާރިޔާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް