ކޮވިޑް-19 ވައިގެ ޒަރިއްޔާއިން ވެސް ފެތުރުމުގެ ފުރުސަތު އެބައޮތް: މުހައްމަދު އަލީ
ކޮވިޑް-19 ވައިރަސް ވައިގެ ޒަރިއްޔާއިން ވެސް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ކޮވިޑް-19 ފެތުރެނީ ބަލިޖެހިފައި ހުރި މީހަކު ކެއްސައި ނޭވާލާއިރު އޭނާގެ އަނގަޔާއި ނޭފަތުން ބުރައިގެންދާ ކުޅާއި އަރިދަފުހުގެ ސަބަބުންނެވެ. ބަލިޖެހިފައި ހުރި މީހަކު ކެއްސައި ނޭވާލާއިރު އޭނާގެ އަނގަޔާއި ނޭފަތުން ބުރައިގެންދާ ކުޅާއި އަރިދަފުހުގެ ސަބަބުން އެހެން މީހަކަށް ބަލިޖެހިދާނެއެވެ.
ނަމަވެސް ޑޮކްޓަރު މުހައްމަދު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ހެކިތަކުން ދައްކާގޮތުގައި ވައިރަސް، އަހަރެމެން ނޭވާލައި ވައިގެ ތެރެއިން ލާފައި ހަށިގަނޑަށް ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ޑްރޮޕްލެޓްސް ފިޔަވައި، ނެވާލާއިރު ވެސް މި ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފޮތިން ހަދާފައިވާ މާސްކު ބޭނުން ކުރަން އިރުޝާދު ދޭންވީ." ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
New evidence shows the virus can be expelled through the air we breath out. So except through droplets, there is chance that the virus can be spread through breathing. #COVID19 precautions are to be extended to cover your mouth with cloth masks. pic.twitter.com/ZfVnx1Oyy9
— Dr. Mohamed Ali (@Moxamedalu) April 4, 2020
މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ މި ބަލި މިހާތަނަށް 1,118,045 މީހުންނަށް ވަނީ ޖެހިފައެވެ. މަރުވި މީހުންގެ އަދަދަކީ، 59,201 އެވެ. ބަލިން ރަނގަޅުވެފައި ވަނީ، 229,145 އެވެ.