ވިޔަފާރި

ޝީން އިން އޯޑަރުކޮށްގެން 2،500 ރުފިޔާ ލިބުމުގެ ފުރުސަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ މަޝްހޫރު ފެޝަން އޮންލައިން ރީޓެއިލަރ ޝީން (Shein)ގެ އޯޑަރު ރާއްޖެއަށް ގެނެސްދޭ ކްރިމްސަން އިން ޚާއްސަ ޕްރޮމޯޝަނެއް ފަށޢިފިއެވެ.

Ads by STELCO

މި ޕްރޮމޯޝަނުގައި ކްރިމްސަން  މެދުވެރިކޮށް ޝީން އިން ގަންނަ ފަރާތްތަކަށް 2،500 ރުފިޔާ ފުރުޞަތު ހުޅުވާލާފައިވެއެވެ.

ޕްރޮމޯޝަނުގެ ތަފްޞީލްތަކަށް ބަލާއިރު، ކްރިމްސަން އެޕް މެދުވެރިކޮށް ޝީންގެ އޮންލައިން ސްޓޯރުން 50 ޑޮލަރަށްވުރެ މަތީގެ ޕާރޗޭސްއެއް ހެދުމުން، އޮޓޯމެޓިކުން އެ ކަސްޓަމަރެއްގެ ނަން 2،500 ރުފިޔާ ލިބޭނެ ޑްރޯއަކަށް ލިބޭނެއެވެ. ހޮވޭ ފަރާތްތަކަށް 2،500 ރުފިޔާ ސީދާ އެބޭފުޅުންގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ.

އޭގެ އިތުރުން ކްރިމްސަން އިން ކުރައްވާ 40 ޑޮލަރުން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހިލޭ ގިފްޓެއް ލިބެއެވެ.

ކްރިމްސަންގެ އޮފާތަކުގެ މައުލޫމާތު މި ވައިބާ ކޮމިއުޓީން ލިބިވަޑައިގަންނަވާނެއެވެ.

އޯޑަރު ކުރެއްވުމަށް ޝީން ކާޓު 759669 އަށް ވައިބާ ކުރައްވާށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ 25 އޭޕްރީލްގެ ވަނަ ދުވަހުގެ ނިޔަލަށެވެ.

ކްރިމްސަންއަކީ ޝީންގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާކޮށް ކުރަމުން އަންނަ އެއް ފަރާތެވެ. ކޮންމެ ދުވަހަކު ވެސް ޝީން އޮޑަރު ކްރިމްސަންއިން ޖަހައެވެ. އަދި ޕެކޭޖް ހިލޭ ޑެލިވަރީކޮށްދެއެވެ.