ފަން އައިލެންޑުން ކޮވިޑް-19އަށް ނައްސިވި 49 މީހަކު ގެއަށް ދޫކޮށްލައިފި
ފަން އައިލެންޑުން ކޮވިޑް-19އަށް ނައްސިވި 49 މީހަކު ގެއަށް ދޫކޮށްލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން މިއަދު ބުނީ އެ 49 މީހުން ވެސް ދޫކޮށްލީ ކޮވިޑް-19 އަށް ނައްސިވުމުން ކަމަށާއި އެމީހުން ކަރަންޓީނުގައި ތިބީ 14 ދުވަހު ކަމަށެވެ.
ރާއްޖެއިން ބޭރުން އަންނަ އެންމެން ވެސް ކަރަންޓީނު ކުރަން ނިންމާފައިވާއިރު އެ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.
Ads by Allied Insurance