ޚަބަރު

ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމުން ރައީސް ޔާމީނަށް އިންސާފު ކަށަވަރުކޮށްދޭން ޖެހޭ: ޖަމީލު

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތީ ރޯދަމަސް ކަމަސް ވުމާއެކު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާވައިރަސްގެ ވަބާގެ ސަބަބުން މުޅި ޤައުމް ހުއްޓުމަކަށް އައިސް، އިޤްތިސާދީ ގޮތުން ނޭނގޭ ވަރުގެ ފުން ވަޅުގަނޑަކަށް ޤައުމު ވެއްޓުމުގެ ބިރު ބޮޑު ކަމަށެވެ. އަދި އެތައް ބަޔަކު ބަނގުރޫޓްނުވާނެ ގޮތަކާއި ކުރިމަތީގައި އޮތް ތަދުމަޑުކަމުން އަރައިގަނެވޭނެ ގޮތް ސަރުކާރުން ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ ހުރިހާ ރައްޔިތުން ގޮވައިގެން، އެކުވެރިކަން އާލާކުރަންވީ ވަގުތު. ކުރިއަށް އޮތީ ރޯދަމަހަށް ވެފައި މި ހާލަތަށް ބަލައި އިދިކޮޅު ލީޑަރަށް އިންސާފު ކަށަވަރުކޮށްދޭންޖެހޭ. އަޑުއެހުންތައް މެދުކެނޑި ޖަލުގައި ހުންނަންޖެހުމަކީ އިންސާފެއް ނޫން. އިޙްސާންތެރިކަން އިސްކުރަން ގޮވާލަން" ޖަމީލު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!