ދީން

އެއްފަހަރުން ޖަހައި ހޯނެއް މަރައިފި މީހަކަށް ސަތޭކަ ހެޔޮކަންވެއެވެ.

. ، ދެން އޮންލައިން

عنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:  مَنْ قَتَلَ وَزَغَةً فِي أَوَّلِ ضَرْبَةٍ فَلَهُ كَذَا وَكَذَا حَسَنَةً، وَمَنْ قَتَلَهَا فِي الضَّرْبَةِ الثَّانِيَةِ فَلَهُ كَذَا وَكَذَا حَسَنَةً، لِدُونِ الْأُولَى، وَإِنْ قَتَلَهَا فِي الضَّرْبَةِ الثَّالِثَةِ فَلَهُ كَذَا وَكَذَا حَسَنَةً، لِدُونِ الثَّانِيَةِ .- رواه مسلم 2240

Ads by Sosun Fihaara

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ. އެއްފަހަރުން ޖަހައި ހޯނެއް މަރައިފި މީހާއަށް މިވެނި އެވެނި ހެޔޮކަމެއް ވެއެވެ. ދެފަހަރުން ޖަހައި ހޯނެއް މަރައިފިމީހަކަށް މިވެނި އެވެނި ހެޔޮކަމެއް ވެއެވެ. އެއީ ފުރަތަމަ ފަހަރަށްވުރެ ޘަވާބު މަދުކޮށެވެ. ތިންފަހަރުން ޖަހައި ހޯނެއް މަރައިފި މީހަކަށް މިވެނި އެވެނި ހެޔޮކަމެއް ވެއެވެ. އެއީ ކުރީ ދެވަނަ ފަހަރަށް ވުރެ ޘަވާބު މަދުކޮށެވެ.

އެހެން ރިވާޔަތެއްގައިވާ ގޮތުން، އެއްފަހަރުން ޖަހައި ހޯނެއް މަރައިފިމީހަކަށް ސަތޭކަ ހެޔޮކަން ވެއެވެ.

ހޯނުމެރުމަށް އަމުރުކުރައްވާފައިވާ ސަބަބު

އެއީ އޭގެ ސަބަބުން ލިބޭ ގެއްލުމެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއަށް ފުވައިސިޤު (ނުލަފާ ނުވަތަ ވިޔާނުދާ ޖަނަވާރު) noxious little creature ގެ ނަމުން ނަން ދެއްވިއެވެ.

އިބްރާހިމް ޢަލައިހިއްސަލާމް އެއްލާލެވުނު އަލިފާންގަނޑު ބޮޑުކުރުމަށްޓަކައި އެތަކެތި އެ އަލިފާންގަނޑަށް ފުމުނު ކަމަށް ބުޚާރީގެ ޙަދީޘްގައި އައިސްފައިވެއެވެ.

އެތަކެއްޗަކީ ކާތަކެތި މުޑުދާރު ކުރާ އެއްޗެކެވެ. ޚާއްޞަކޮށް ލޮނެވެ. އެކަން ނުކުރެވޭނަމަ (މައްޗަށް) ސީލިންގަށް އަރައި ކާތަކެއްޗަށް  ސީލައެވެ.

ކާބޯތަކެތި އަޅާ ކަންވާރަށް އެތަކެތި ކުޅު ޖަހައެވެ. އަދި ނުރައްކާތެރި ބަލިތައް ފަތުރައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޯނު މެރުމަށް އަމުރު ކުރެއްވިއެވެ. އެ މެރުމަށް އަންގަވާފައި ވަނީ އޭގެ ނުރައްކާތެރިކަމުންނެވެ. އެއީ ގެއްލުންދީ ދުއްތުރާކުރާ އެއްޗަކަށްވާތީއެވެ.

މަސްދަރު: ޝާފިޢު.އެމްވީ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!