ތިން މީހުންނާ އެކީ ފިޔޯރީން ފުރި ޑިންގީއެއް ގެއްލިގެން ހޯދަނީ

ތިން މީހުންނާއެކީ ގދ. ފިޔޯރީން ދަތުރުކުރަމުން ދިޔަ ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފިޔޯރީ ކައުންސިލްގެ މެންބަރު އަހުމަދު ޒީހާން 'ދެން އޮންލައިން'އަށް ވިދާޅުވީ ގެއްލިގެން ހޯދަމުންދާ ޑިންގީގައި ތިބީ ފިޔޯރީގެ ދެ މީހަކާއި ބިދޭސީއެއް ކަމަށެވެ.
އެއީ ރޯދަ މަހަށް އެ ރަށުގައި ހެއްދި ކަރާ ހިފައިގެން ގއ. އަތޮޅަށް ދިޔަ ޑިންގީއެކެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ވެސް ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އަދި ހަބަރެއް ނުވާ ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.

Ads by Ooredoo