ޚަބަރު

ކޮޗިން އަދި ކޮލަންބޯގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ކޮޗިން އަދި ލަންކާގެ ކޮލޮމްބޯގައި ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް މިމަހުގެ 5 އަދި 6 ގައި މޯލްޑިވިއަންގެ ހާއްސަ ޗާޓަރު ފްލައިޓްތަކެއް ޝެޑިއުލް ކޮށްފިއެވެ.

Ads by STELCO

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ، ޖާގަ ބޭނުންވާ ފަރާތްތަކުން ޕާސްޕޯޓް ކޮޕީ އާއި ނަމާއި ނަމްބަރު ވައިބަރ މެދުވެރިކޮށް މޯލްޑިވިއަން ފޮނުވުމަށެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، ޓިކެޓްތަކުގެ އަގު މިރޭގެ ވަގުތެއްގައި އަންގާނެކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ،ޓްވިޓަރ އަދި ފޭސްބުކް ޕޭޖަށް ބައެއް ފަރާތްތަކުން މެސެޖް ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް މޯލްޑިވިއަންއިން ދީފައިވާ ވައިބަރ ލިންކަށް ޕާސްޕޯޓް ފޮޓޯ މެސެޖް ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަަމަށްވެސް މޫސް ވިދާޅުވިއެވެ. މިހާރު ވައިބަރ ލިންކް އަށް ޕާސްޕޯޓް ޕޮޓޯ ފޮނުވާ ފަރާތްތަކަށް އެދަނީ އޮޓޯ މެސެޖެއް ކަމަށާއި، ފަހުން އައިއޭއެސްގެ މުވައްޒަފުން ޕާސްޕޯޓް ފޮޓޯ ވައިބަރ ކުރާ ފަރާތްތަކަށް ގުޅަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް 19 ވައިރަހުގެ ސަބަބުން އެކި ގައުމުތަކުގައި ރާއްޖެ ނާދެވި ތާށިވެފައި ދިވެހިން އެބަ ތިއްބެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގައުމަށް ގެނައުމަށް ގައުމުތަކާއި މަޝްވަރާ ކުރެވެމުން އަންނަކަން ފޮރިން މިނިސްޓްރީން ކުރިން ހާމަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!