ކެޔޮދޫ އިން ޝައްކުވި މީހާ ކޮވިޑް-19 އަށް ނައްސި
ވ. ކެޔޮދޫ އިން ޝައްކުވި މީހާ ކޮވިޑް-19 އަށް ނައްސި ވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާގެ ސާމްޕަލްގެ ނަތީޖާ ނައްސިވުމާ ގުޅިގެން އެ ރަށް މޮނީޓަރިންގެ ހާލަތުން މިހާރު ނެގިފައިވާ ކަމަށެވެ.
އަދި ކޮންސްޓެންސް މޫފުށި ރިސޯޓުން ކޮވިޑްގެ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނުމާ ގުޅިގެން އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ފައްސި ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައިވާއިރު މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެފަހުން ފައްސިވި ހަތަރު ދިވެހިންނަށެވެ.
Ads by Allied Insurance