ޚަބަރު

މެލޭޝިޔާ އިން ދިވެއްސަކު ގެއްލިގެން ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެލޭޝިޔާއިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް އެވެ.

އުސެއިދުގެ އާއިލާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ގެއްލިގެން ހޯދަނީ އިއްޔެއިން ކަމަށެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ މެލޭޝިޔާއިން ދިވެއްސެއް ގެއްލިގެން އުޅޭ ކަމުގެ ހަބަރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.