ޚަބަރު

ޓްރިވެންޑްރަމް އަދި މެލޭޝިއާގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަނީ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ޓްރިވެންޑްރަމް އަދި މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ތިބި ދިވެހިން ގެންނަން ވެސް މޯލްޑިވިއަން އިން ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވީ މި ދެ ސިޓީއަށް ދަތުރުކުރާނެ ކަމުގެ ޔަގީންކަން މޯލްޑިވިއަން އިން ދީފައިވާ ކަމަށާއި އެކަމާ ގުޅޭ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އެ އެއާލައިނުން ބުނެފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ވަނީ މާދަމާ ކޮލަމްބޯގައި ތިބި ދިވެހިން ގެންނަން ދެ ފްލައިޓު ބޭއްވުމަށް ނިންމާފައެވެ. އަދި އަންނަ ހޯމަ ދުވަހު އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ގެނައުމަށް ފްލައިޓެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!