ޚަބަރު

ދިވެހިން ބަލައި ކޮލަމްބޯއަށް ދާ ފްލައިޓުގެ ހުރިހާ ޖާގައެއް ފުލްވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން މޯލްޑިވިއަންގެ ފްލައިޓުގައި އަންނަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލި ފުރުޞަތުގައި، 4 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައަކަށް ވާވަރަށް ޓިކެޓުތައް ބުކް ކޮށްފިއެވެ.

Ads by Sosun Fihaara

މޯލްޑިވިއަން އިން ބުނީ މާދަމާ ލަންކާއަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓުގެ ބުކިން މިހާރު ފުލްވެފައިވާ ކަމަށެވެ. އަދި އެފަދަ އިތުރު ފުރުސަތެއް އެ އެއާލައިނުން ކުރިޔަށް ގެންދާ ކަަމަށްވާނަމަ އެކަން އިއުލާން ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ބުކިން ހެއްދި ފަރާތްތަކުގެ ތެރެއިން ދެ ފްލައިޓުގައި ގެންނަން އިސްކަން ދޭނީ ކޮން ބައެއްކަން ނިންމާނީ ސަރުކާރުން ކަމަށާއި އިސްކަން ދޭން ޖެހޭ ބަޔަކު ތިބި ނަމަ ސަރުކާރުން އަންގާނެކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ 500 އަށް ވުރެ ގިނަ މީހުން ރާއްޖެ އަންނަން ނަން ނޯޓު ކުރި ކަމަށާއި އެންމެންގެ މެސެޖުތަކަށް ވެސް މިރޭ ރިޕްލައި ކުރާނެ ކަމަށެވެ.

މޯލްޑިވިއަނުން ސްރީލަންކާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެގޮތުން މާދަމާ ދެ ފްލައިޓެއްގައި 100 މީހުން ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންގެ ކިއު-300ގެ ދެ މަތިންދާބޯޓު މާދަމާ ކޮލަމްބޯގައި ޖައްސާނެ އެވެ. ހަވީރު، 5:40 ގައި ކޮލަމްބޯގައި ޖައްސަން ހަމަޖެހިފައިވާ ފްލައިޓު ދިވެހިންނާ އެކު ފުރާނީ މާދަމާ ރޭ 6:40ގައެވެ. އަދި މާދަމާ ހަވީރު 5:55 ގައި ޖައްސަން ހަމަޖެހިފައިވާ ފްލައިޓު ދިވެހީންނާ އެކު ފުރާނީ ރޭގަނޑު 6:55ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!