ދުނިޔެ

ކޯވިޑް19: މަރުވި މީހުންގެ ހަނދާނުގައި 1 ދުވަސް، އެންމެން ކަރުނަ އަޅާ ރޮނީ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި ހަލުވިކަމާއިއެކު ފެތުރުނު ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ހަނދާނުގައި ހިތާމަ ފާޅުކުރުމަށް ގައުމީ ފެންވަރުގައި ދުވަހެއް ފާހަގަކޮށްފިއެވެ.

Ads by WAMCO

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަސް ފުރަތަމަ ފެނުނީ ޗައިނާގެ ވުހާން ސިޓީއިންނެވެ. ވުހާން ސިޓީގައި ފުރަތަމަ ފެތުރެން ފެށި މި ވައިރަސް ފަހުން ވަނީ އެ ގައުމުގެ އިތުރު ސިޓީތަކުގައި ހަލުވިކަމާއިއެކު ފެތުރި، 3335 މީހުން މަރުވެފައެވެ. އޭގެތެރޭގައި ބަލިޖެހުނު މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތް ކުރި 13 މެޑިކަލް އޮފިސަރުން ވެސް ހިމެނެއެވެ.

އިއްޔެ ޗައިނާ ގަޑިން ހެނދުނު 10 އެއް ޖެހިއިރު ވަނީ އެމްބިއުލާންސްތަކުން ސައިރެން އަޅަމުން އެ ގައުމުގެ އެކި ހިސާބުތަކުގައި ދުއްވާފައެވެ. އެމްބިއުލާންސްގެ ސައިރެންގެ އަޑު ދޭހަކޮށްދެނީ މަރުވެގެން ދިޔަ މީހުން މަތިން ހަނދާންކޮށް ހިތާމަ ކުރަންވީ ގަޑި ފެށުނު ކަމެވެ. އެ އެންބިއުލާންސް ތައް ވަނީ 3 މިނެޓް ވަންދެން ހުއްޓުމެއްނެތި ސައިރެން އަޅާފައެވެ. އެކަމާއި ގުޅިގެން އިއްޔެ ޗައިނާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހުރިހާ މުނިފޫހިފިލުވުމުގެ ހަރާކަތްތައްވެސް ވަނީ ކެންސަލު ކޮށްފައެވެ.

ވުހާން ސިޓީގައި އިއްޔެ ވަނީ ތިން މިނެޓަށް މަގުތަކުގައި ހުންނަ ޓްރެފިކް ލައިޓްތަކުގެ ކުލަވެސް ރަތްކުލައަށް ބަދަލުކޮށްފައެވެ. މަރުވި މީހުން މަތިން ހަނދާން ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޔަންގްޒޭ ރިވަރ ކައިރީގައި ހުންނަ ޕާކެއްގައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ކޯވިޑް 19 ކޮންޓްރޯލު ކުރުމަށް ވުހާން ގައި އިއުލާން ކޮށްފައި އޮތް ލޮކްޑައުން ހަތަރު ދުވަސްތެރޭ އުވާލާ ސިޓީ އާއްމު ހާލަތަށް އެޅޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!