ޚަބަރު

ޑައިވް ސައިޓް ތަރައްގީކުރަން ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސްގެ ދެ ބޯޓެއް ފައްތާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެއާ މޯލްޑިވްސްގެ ދެ ބޯޓު ކުޑަގިރި ފަޅަށް ފައްތާލަނީ - ފޮޓޯ: އެޗްޑީސީ

ކ. ކުޑަގިރީ ފަޅުގައި "އެއާޕްލޭން ރެކް" އަކާއެކު ތަރައްގީކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ ބޯޓު ފައްތާލައިފި އެވެ.

Ads by MPL

މި މަޝްރޫއު ހިންގަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) ގުޅިގެނެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫޢު ރަމްޒުކޮށްދެނީ ރާއްޖޭގެ ފަތުރުވެރިކަމަށް އުޖާލާ މުސްތަގުބަލެއް ގާއިމުކުރުމަށް ޓަކައި ތިން ކުންފުނީގެ ދެމެދުގައި އޮތް އަހައްމިއްޔަތު ކަން ކަމަށެވެ.

މި ރެކަށް "ދޫނިއާ ރެކް" ކިޔުމަށް ވަނީ ނިންމައިފަ އެވެ. މި ސައިޓު ރަމްޒުކޮށްދޭނީ ރާއްޖޭގެ އޭވިއޭޝަން ތާރީހު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ކުޑަގިރިއަކީ ކުރީގެ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ގޮސް ހަދާނެ ރަށެއް ގޮތަށް ތަރައްގީކޮށްފައިވާ ރަށެކެވެ.

Ads by Allied Insurance