ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މޮރިޝަސްގެ މިނިވަން ދުވަހުގެ ޖަޝްނުގައި ބައިވެރިވުމަށް ދަތުރުފުޅެއް ކުރައްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މޮރިޝަސްގެ މިނިވަން ދުވަހުގެ ޖަޝްނުގައި ބައިވެރިވެ ވަޑައިގަތުމަށް މާރިޗު 11 އާއި 12 އަށް އެ ގައުމަށް ދަތުރުފުޅެއް ކުރައްވާ ވާހަކަ އިންޑިއާގެ ބޭރު ކަންތައްތަކާ ބެހޭ މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

Ads by MPL

މި ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ މޮރިޝަސްގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ މައި މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތަކެއް ކުރައްވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އިންޑިއާގެ ބޭރު ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ އެކުވެރިކަމާއި ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި އިޤްތިޞާދީ އަދި ސަޤާފީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މޮރިޝަސްއަކީ އިންޑިއާގެ ވަރަށް ގާތް އެކުވެރި ގައުމެއް ކަމަށާއި، މި ދަތުރުފުޅުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އިންޑިއާގެ ސަރުކާރުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!