ޚަބަރު

އިންޑިއާ-އެމެރިކާ ގުޅުމުގައި އިންޑިއާ ކަނޑުގެ މުހިންމުކަން އިތުރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދށް ބަދަހިވެ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ދެ ޤައުމުގެ އެއްބާރުލުން އިތުރުވާނެކަމަށް ބެލެވެއެވެ. މިކަން ހާމަވެގެން ދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ވެވުނު އެއްބަސްވުންތަކުންނެވެ.

Ads by MPL

އިންޑިއާގެ ތިންކް ޓޭންކެއް ކަމަށްވާ އޯ.އާރް.އެފްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ދެ ޤައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ. މީގެ ތެރޭގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން ހިމެނެއެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، މި އެއްބަސްވުމަކީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށް ސިޔާސީ ތަޙުލީލުވެރިން ދެކެއެވެ. އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިނގާ ކަންކަމަކީ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަންކަން ކަމަށްވާތީ، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިބްރާހީމް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިނގާ ކަންކަމަކީ ދިވެހިރާއްޖެއަށްވެސް ވަރަށް މުހިންމު ކަންކަން ކަމަށެވެ. އަދި މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އިންޑިއާ އާއި އެމެރިކާގެ ހަރަކާތްތައް އިތުރުވެ، ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ސަރަޙައްދުގައި ހިމެނޭ އެހެނިހެން ޤައުމުތަކާއެކުވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!