ދުނިޔެ

އިންޑިއާގެ ސްޓާޓްއަޕްތައް އަނބުރާ ގައުމަށް އައުމުގެ ސަބަބު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ގިނަ ސްޓާޓްއަޕް ކުންފުނިތަކެއް މިހާރު ބޭރު ގައުމުތަކުން އަނބުރާ އިންޑިއާއަށް އައުމަށް ނިންމަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިންޑިއާގެ އިގްތިސާދީ ކުރިއެރުމާއި، ޓެކްނޮލޮޖީ ދާއިރާގައި ފެންނަމުންދާ ކުރިއެރުން ހިމެނެއެވެ.

Ads by MPL

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގިނަ ސްޓާޓްއަޕްތަކެއް ކުރިން ސިންގަޕޫރު އަދި ޑެލަވެއަރ ފަދަ ތަންތަނަށް ބަދަލުވެފައިވަނީ އިންވެސްޓަރުން ހޯދުމަށް ފަސޭހަވާނެކަމަށް ބަލައިގެންނެވެ. ނަމަވެސް، މިހާރު އިންޑިއާގެ މާކެޓް ކުރިއަރަމުން އައުމާއެކު، މި ކުންފުނިތައް އަނބުރާ އިންޑިއާއަށް އައުމަށް ނިންމަމުންދާކަން ފާހަގަކުރެވެއެވެ.

އިންޑިއާގެ ސަރުކާރުން ވެސް މި ކުންފުނިތައް އަނބުރާ ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ޓެކްސް ލުއިތަކާއި، ވިޔަފާރި ފަށައިގަތުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުން ހިމެނެއެވެ.

މި ބަދަލާއެކު، އިންޑިއާގެ ޓެކްނޓެކްނޮލޮޖީ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް ވެސް ފައިދާތަކެއް ކުރާނެކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!