ޚަބަރު

ނޭނގޭ ކަންކަން އެނގޭ ކަމަށް ހަދާނަމަ، އާޚިރުގައި ނަތީޖާ ގޯސްވާނެ: ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ކަމަކާ ނުވަތަ ހާލަތަކާއި ބެހޭގޮތުން ނޭނގޭ ކަމެއް އެނގޭ ކަމަށް ހަދައިގެން އުޅޭ ނަމަ އާޚިރުގައި ނަތީޖާ ގޯސްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދުވަހީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭނގޭ ކަންކަން އެނގޭ ކަމަށް ހަދައިގެން އުޅޭ މީހުންގެ ސަބަބުން އެހެން މީހުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ވަހީދުގެ މި ވާހަކަތައް އިޝާރާތް ކުރައްވަނީ ކޮންމެ ބަޔަކަށް ކަމެއް އޭނާގެ ޓްވީޓަގައި ހާމަކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް އެއީ ކޮވިޑް-19އާ ގުޅިގެން ކަމާ ބެހޭ ސިއްހީ ފަރާތްތަކުން ނޫން އެހެން މީހުން އެކަމުގައިބަސްބުނެ އުޅޭތީ ވިދާޅުވެފައިވާ ވާހަކައެއް ކަމަށް ބެލެވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އޭރުގެ ނައިބު ރައީސް ވަހީދުގެ ދައުރު ގާނޫނީ ގޮތުން ހަމަވީ ނޮވެމްބަަރު 11، 2013 އަށެވެ. އޭގެ ފަހުން އޭނާ ސިޔާސީ މައިދާނުން ފެނިފައެއް ނުވެއެވެ. އަދި ރާއްޖޭގައި ހިންގާ ކަންކަމާ ބަސް ބުނަނީ ވެސް ވަރަށް މަދުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!