ދުނިޔެ

ކޯވިޑް19: ޖަނާޒާ ވެސް ފޭސް ޓައިމް މެދުވެރިކޮށް

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކަމަށްވާ ކޯވިޑް19 ޖެހިގެން މަރުވާ މީހުންގެ ޖަނާޒާ ފޭސްޓައިމް ކޮށް އާއިލާތަކަށް ބެލޭ ގޮތް ހަދައިފިއެވެ.

Ads by Sosun Fihaara

ލޯންގު އައިލެންޑް ގައި ހުންނަ ޖަނާޒާ ސެންޓަރެއް ކަމަށްވާ ޖެވިޝް މެޑިކަލް ސެންޓަރުގައި މަސައްކަތް ކުރާ ލިޒާ ކިލްފެދަރ ބުނީ، ކޯވިޑް 19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުން ކަމަށާއި، މުޅި ހަފްތާ ހޭދަވަނީ ބަލި ޖެހިގެން މަރުވާ މީހުންގެ ޖަނާޒާގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.

އޭނާ ބުނީ އެ މަސައްކަތުގައި އުޅެ އުޅެ މިހާރު އެމީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ވަރުބަލި ވެއްޖެ ކަމަށެވެ.

ލިސާ ބުނީ އޭނާގެ ދަރިފުޅާއި ދިމާ ނުވާތާ 3 ހަފްތާ ވެއްޖެ ކަމަށާއި، ދަރިފުޅު ގާތަށް ދާން ބޭނުން ނުވަނީ އޭނާއަށް ބަލި ޖެހިފައި ހުރެދާނެތީ ކަމަށެވެ. ލިސާ އިތުރަށް ބުނީ މިހާރު ޖަނާޒާ ބާއްވާ ގޮތަށް ވަރަށް ބޮޑަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެގޮތުން، މިހާރު ޖަނާޒާގައި އާއިލާއަށް ބައިވެރި ނުވެވޭނެ ކަމަށާއި، ބައެއް މީހުންގެ ޖަނާޒާގައި ފޭސް ޓައިމް މެދުވެރިކޮށް އާއިލާ ބައިވެރިކުރުވާ ކަމަށެވެ.

ލިސާ ބުނީ ފޭސްޓައިމް މެދުވެރިކޮށް ޖަނާޒާގައި އާއިލާ ބައިވެރިކުރުވާއިރު ފުރަތަމަ އޭނާ އާއިލާއަަށް ކަންކަން ކިޔައިދެނީ ކަމަށާއި، ޖަނާޒާގައި ފެންނާނީ ހަމައެކަނި މަރުވި މީހާގެ މޫނު ކަމަށެވެ. ލީސާ ބުނީ އެވަގުތު ކޮޅު އެމީހުންނަަށް ވެސް ދެރަވެގެން ރޮވޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!