ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން މަގާމުން ވަކިކޮށްފި

. ، ދެން އޮންލައިން
އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ވަހީދު ދެން އޮންލައިންގެ ޕޮޑްކާސްޓުގައި ބައިވެރިވެވަޑައިގަންނަވަނީ

އިމިގްރޭޝަން ކޮންޓްރޯލަރާ ޖެނެރަލްގެ މަގާމުން ޝައްމާން ވަހީދު ވަކިކޮށްފި އެވެ.

Ads by STELCO

ކޮންޓްރޯލާގެ މަގާމުން ޝައްމާނު އިއްޔެ ވަކިކޮށްފައިވާކަން "ދެން" އަށް ވަނީ ޔަގީންވެފަ އެވެ.

ޝައްމާނު ވަކިކުރި ސަބަބެއް އަދި މިހާތަނަށް ޔަގީންވެފަ އެއް ނުވެ އެވެ. ސަރުކާރުގެ ރަސްމީ ބަހެއްވެސް މިކަމުގައި ލިބޭގޮތް ވަނީ ނުވެފަ އެވެ.

މީގެ ކުރިން އިމިގްރޭޝަނުގައި 14 ވަރަކަށް އަހަރު ދުވަސްވަންދެން މަސައްކަތްކުރި ޝައްމާނު އިމިގްރޭޝަން ކޮންޓްރޯލާއަކަށް އައްޔަންކުރީ ނޮވެމްބަރު 19، 2023 ގަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝައްމާނު ވަކިކޮށްފައި މިވަނީ އެ އިދާރާގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

އެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ނެރުނު ކުރު ޕްރެސް ބްރީފިންއެއްގައި ބުންޏެވެ.

Ads by Allied Insurance