ޚަބަރު

ހީނާމާގެ ޕާކިން ސަރަހައްދުން 5 ބިދޭސީއަކު އަތުލައިގެންފި

. ، ދެން އޮންލައިން
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީއަކު ގެންދަނީ/ ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 5 ބިދޭސީއަކު އަތުލައިގެންފި އެވެ.

Ads by STELCO

އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން "އެކްސް" ގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި ރޭ މާލޭގެ ހީނާމާގޭ ޕާކިންގު ސަރަހައްދުގައި އުޅެމުންދިއަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ރެއިޑުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 05 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެ އެވެ.

ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ. މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނަގާފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެ އެވެ.

Ads by Allied Insurance