ދުނިޔެ

އިންޑިއާގެ 2047 ތަރައްޤީގެ ޕްލޭނުން ޤައުމަށާއި ދުނިޔެއަށް ފައިދާ ކުރާނެ: ބިލް ގޭޓްސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މައިކްރޯސޮފްޓްގެ ބާނީ އަދި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ ސަހަ-ޗެއަރމަން ބިލް ގޭޓްސް ވިދާޅުވެއްޖެ، އިންޑިއާ އޭގެ 2047 ތަރައްޤީގެ ޕްލޭނުގައި ދެމިހުރެއްޖެނަމަ، އެ ޤައުމަށާއި މުޅި ދުނިޔެއަށް ފައިދާ ކުރާނެ ކަމަށެވެ. އިންޑިއަން އެކްސްޕްރެސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ގޭޓްސް މި ވާހަކަ ވިދާޅުވިއެވެ.

Ads by MPL

ގޭޓްސް ވިދާޅުވީ، އިންޑިއާގެ ތަރައްޤީގެ ޕްލޭނަކީ އެ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ފަޤީރުކަން ނައްތާލުމަށާއި، ތަޢުލީމާއި ޞިއްޙަތު ރަނގަޅުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭނެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ޕްލޭނުގެ ސަބަބުން އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކަށް ފައިދާ ކުރާނެއެވެ.

"އިންޑިއާގެ ކުރިއެރުމަކީ މުޅި ދުނިޔެއަށް ފައިދާ ކުރާނެ ކަމެއް. އެއީ އިންޑިއާގެ އިންސާނީ ވަސީލަތްތަކާއި އިނޮވޭޝަންގެ ޤާބިލުކަން ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މަންފާ ކުރާނެތީ،" ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އާއި ފިންޓެކް ދާއިރާގައި ކުރަމުންދާ މަސައްކަތްތަކަކީ އެހެން ގައުމުތަކަށްވެސް މިސާލަކަށް ވެދާނެ ކަންކަމެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ ދައުރު މުހިންމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ވަޒީރުލްއަޢުޡަމް ނަރެންދްރަ މޯދީ އާއެކު ބޭއްވުނު ބައްދަލުވުމެއްގައި ގޭޓްސް ބައިވެރިވެ ވަޑައިގަތުމަށްފަހު މި އިންޓަވިއު ދެއްވާފައިވަނީ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި ގޭޓްސް ވަނީ އިންޑިއާގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާ، އެ ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!