ޗައިނާގެ އެޓެމޯޔާ އުފެއްދުންތެރިކަން އިތުރުވުމުން ތައިވާނުގެ "ގްރީން ގޯލްޑް" މާކެޓަށް ނުރައްކާވެއްޖެ

ތައިވާނުގެ ތައިޓަންގް ސަރަޙައްދުގައި އުފައްދާ އެޓެމޯޔާ މޭވާ، ނުވަތަ "ގްރީން ގޯލްޑް" ގެ ނަމުން މަޝްހޫރު މި މޭވާގެ މާކެޓަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެއްޖެއެވެ. މިއީ ޗައިނާގައި އެޓެމޯޔާ އުފެއްދުންތެރިކަން ބޮޑުތަނުން އިތުރުވެ، އަގު ހެޔޮކޮށް މާކެޓަށް ނެރެން ފެށުމާ ގުޅިގެން ކުރިމަތިވެފައިވާ ކަމެކެވެ.
ތައިވާނުގެ ދަނޑުވެރިންނަށް މުހިންމު އާމްދަނީއެއް ލިބެމުން އައި މި މޭވާގެ އަގު މިހާރު ވަނީ ދަށްވެފައެވެ. މީގެ ކުރިން ކިލޯއަކަށް 16 ޑޮލަރު ލިބެމުން އައި އެޓެމޯޔާގެ އަގު މެ އަގު މިހާރު ވަނީ 3 ޑޮލަރަށް ވެއްޓިފައެވެ. މިއީ ޗައިނާއިން އުފައްދާ އެޓެމޯޔާ ބާޒާރަށް ނުކުތުމާ ގުޅިގެން ދިމާވެފައިވާ ކަމެއް ކަމަށް ތައިވާނުގެ ދަނޑުވެރިން ބުނެއެވެ.
ތައިވާނުގެ ދަނޑުވެރިކަމުގެ ދާއިރާގެ ބޭފުޅުން ބުނާ ގޮތުގައި، ޗައިނާގެ އެޓެމޯޔާ އުފެއްދުންތެރިކަން އިތުރުވެފައިވަނީ ތައިވާނުގެ ދަނޑުވެރިންގެ ފަންނީ ހުނަރު ޗައިނާއަށް ބަދަލުވުމާ ގުޅިގެންނެވެ. އެހެންނަމަވެސް، ތައިވާނުގެ އެޓެމޯޔާގެ ފެންވަރު މާ ރަނގަޅު ކަމަށާއި، އޭގެ ރަހަ ތަފާތު ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މި ކަމާ ގުޅިގެން ތައިވާނުގެ ސަރުކާރުން ވަނީ ދަނޑުވެރިންނަށް އެހީތެރިވުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ފަށާފައެވެ. މީގެ ތެރޭގައި އެޓެމޯޔާ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އައު މާކެޓްތައް ހޯދުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި ތައިވާނުގެ އެޓެމޯޔާގެ ޚާއްޞަ ސިފަތައް ފާހަގަކޮށް، އޭގެ އަގު ހިފެހެއްޓުމަށްވެސް މަސައްކަތް ކުރަމުުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މި ހާލަތުގައި ތައިވާނުގެ ދަނޑުވެރިން ދަނީ އެމީހުންގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށާއި، އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ޗައިނާގެ ވާދަވެރިކަމާ ކުރިމަތިލުމަށް އިތުރު ގޮތްތައް ހޯދަމުންނެވެ.
