ޚަބަރު

ބްރިޖްގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ އަތް ބިނދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ސިނަމާލެ ބްރިޖުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ އަތް ބިނދިއްޖެއެވެ.

Ads by Hajj Corporation

ފުލުހުން ބުނީ މިއަދު ހެނދުުނު 8:30 ހާއިރު މި އެކްސިޑެންޓު ހިނގީ ބްރިޖްގެ އެއް ފަރާތުގައި އެއް ސައިކަލު މަޑުކޮށްލި ވަގުތު ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ފަހަތުން އައި ސައިކަލު ދުއްވަން އިނީ 34 އަހަރުގެ އަންހެނެއް ކަމަށާއި އަދި މަޑުކޮށްގެން އިން ސައިކަލު ދުއްވަން އިނީ 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އޭގެތެރެއިން މި އެކްސިޑެންޓުގައި 34 އަހަރުގެ އަންހެން މީހާގެ އަތް ބިންދައިގެން ދިޔުމުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ފިރިހެން މީހާ އަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންގެ އަތުގައި ވެސް ލައިސެންސް އޮތްއިރު ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ބަލަންޖެހޭ ކަންކަން ފުލުހުން އަންނަަނީ ބަލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!