Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޓީވީއަކާއި ގޯޕްރޯއަކާއި ކަޓްއޮފް ކީހެއްގެ އިތުރުން ޓޫލް ބޮކްސް އެއްގެ ވެރިން ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޓީވީއަކާއި ގޯޕްރޯއަކާއި ކަޓްއޯފް ކީހެއްގެ އިތުރުން ޓޫލްބޮކްސް އެއްގެ ވެރިން ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ މި ތަކެތީގެ ތެރެއިން، 32 އިންޗީގެ ޓީވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2020 މާރިޗް 28 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 453185 އާ ގުޅިގެން ނޯތުހާބަރު ތެރެއިން ފުލުހުން ހުއްޓުވި މީހެއްގެ އަތުން ކަމަށެވެ.

ގޯޕްރޯ ހީރޯ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2020 މާރިޗް 23 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452775، ހަބީބު ބޭންކު ކުރިމަތީ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި ކެމެރާއެއް ވިއްކަން އުޅުނު މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

ކަޓްއޯފް ކީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2020 މާރިޗް 18 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452302 އާ ގުޅިގެން ފަޅުމަތީމަގު ޕޮލިސް ގަރާޖު ކުރިމަތިން ހުއްޓުވި މީހެއްގެ އަތުން ކަމަށް ފުލުހުން ބުނެއެވެ.

އަދި ޓޫލްބޮކްސްއަކީ 2020 މާރިޗް 20 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452502، އާންމު ފަރާތަކުން ރޯޝަނީމަގު އޭ.އެމް ހައުސް ސިޑި ކައިރީ ވެރިއަކު ނެތި ހުއްޓާ ފުލުހުންނާ ހަވާލުކޮށްފައިވާ ޓޫލްބޮކްސް އެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ތަކެތީގެ ވެރިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ހަވާލުވެލެއްވުން އެދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް