ޗައިނާގެ ސިއްރު ފުލުހުންގެ މަރުކަޒުތައް އެމެރިކާގެ ބިމުން ނައްތާލުމަށް ބިލެއް ހުށަހެޅިއްޖެ
މެރިކާގެ ބިމުގައި ޗައިނާއިން ހިންގަމުންދާކަމަށް ބެލެވޭ ސިއްރު ފުލުހުންގެ މަރުކަޒުތައް ނައްތާލުމަށް އަމާޒުކޮށް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް އައު ބިލެއް ހުށަހަޅައިފިއެވެ. މި ބިލު ހުށަހެޅުނީ އިއްޔެ އެމެރިކާގެ ވަގުތުން ހެނދުނު ވަގުތެއްގައެވެ.
"ޗައިނާގެ އޯވަރސީސް ޕޮލިސް ސްޓޭޝަން އެލިމިނޭޝަން އެކްޓް" ގެ ނަމުގައި ހުށަހެޅިފައިި ހުށަހެޅިފައިވާ މި ބިލުގެ މަޤްޞަދަކީ އެމެރިކާގެ ސަރަޙައްދުގައި ޗައިނާއިން ހިންގާ ކަމަށް ތުހުމަތުކުރެވޭ ޤާނޫނާ ޚިލާފު ފުލުހުންގެ މަރުކަޒުތައް ހުއްޓުވުމެވެ. މި ބިލު ހުށަހެޅުއްވީ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސްމަން ނިކޮލާސް ލަންގްވާރތީއެވެ.
ބިލުގައި ހިމެނޭ މުހިންމު ނުކުތާތަކުގެ ތެރޭގައި، އެމެރިކާގެ ބިމުގައި ހުރި ޗައިނާގެ ސިއްރު ފުލުހުންގެ މަރުކަޒުތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ސަރުކާރުގެ އިދާރާތަކަށް އަމުރުކުރުމާއި، މިފަދަ މަރުކަޒުތައް ހިންގުމުގައި ބައިވެރިވާ ފަރާތްތަކަށް ދަޢުވާ އުފުލުމުގެ ބާރު ދިނުން ހިމެނެއެވެ.
އެމެރިކާގެ ސަލާމަތީ އިދާރާތަކުން ބުނާ ގޮތުގައި، މިފަދަ މަރުކަޒުތަކުގެ ބޭނުމަކީ އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނަށް ބިރުދެއްކުމާއި، އެމީހުންގެ މައްޗަށް ނުފޫޒު ފޯރުވުމެވެ. މީގެ އިތުރުން، މި މަރުކަޒުތަކުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ވެސް ބެލެވެއެވެ.
މި ބިލު ފާސްވެއްޖެނަމަ، އެމެރިކާގެ ސަރުކާރަށް ޗައިނާގެ މިފަދަ ޙަރަކާތްތައް ހުއްޓުވުމަށް އިތުރު ބާރުތަކެއް ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުމަށް އިތުރު ބަދަލުތަކެއް އަތުވެދާނެ ކަމަށް ސިޔާސީ ތަޙުލީލުކުރާ ފަރާތްތަކުން ލަފާކުރެއެވެ.
