ޚަބަރު

ސަރުކާރުން އަޅާ ފިޔަވަޅު ފަސޭހަކޮށް ނަގައިފި ނަމަ ރާއްޖެ ނުފެންނާނެ: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ފަސޭހަކޮށް ނަގައިފި ނަމަ ރާއްޖެ ހޯދައި ނުފެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކުރި 5،000 ޓެސްޓް ކިޓް ހަވާލުކުރުމަށް މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19ގެ ހާލަތަކީ ލުއި ކަމެއްގެ ގޮތުގައި ދެކެވެން ނެތް ކަމަށެވެ.

"ވައިރަހުގެ ހާލަތަށް އަދިވެސް ބަދަލެއް ނާދޭ. ނުރައްކަލުގެ ހާލަތު ބަދަލެއް ނުވޭ. މިއަދު ކަންފަސޭހަކޮށްފި ނަމަ ރާއްޖެ ހޯދާ ނުފެންނާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އަކީ ވިލާގަނޑެއްގެ ކަމަށާއި އެ ވިލާގަނޑު ބޯމަތިން އަދި ނުދާ ކަމަށެވެ. އަދި ވިލާގަނޑަށް އަދި ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑައިބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި ޓެސްޓް ކިޓުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރު އަބްދުﷲ އަމީންއެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން ކިޓްތައް ހަވާލުކޮށްދެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ރިޕްރެޒެންޓެޓިވް ޑރ. އަރުވިންދު މަތުރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!