ޚަބަރު

ހުރިހާ ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅު އޮގަސްޓަށް ނިމޭނެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މީދޫ އަށް ވަޑައިގެންނެވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

މި ރިޔާސީ ދައުރުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ބުރު އޮގަސްޓް މަހު ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

ރައީސް އޮފީހުން ފަށާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދެ ފަހަރު ކޮންމެ ރަށަށަށް ވަޑައިގަންނަވާ ވައުދު ފުއްދަވާނެ ކަމަށެވެ. ފުރަތަމަ ފަހަރު ކޮންމެ ރަށަކަށް ވަޑައިގަތުމުގެ މަސައްކަތްޕުޅު މި އަންނަ އޮގަސްޓް މަހަށް ނިމޭނެ ކަމަށެވެ.

ދައުރުގެ ތެރޭގައި 2 ފަހަރު ރަށްތަކަށް ދިއުމުގެ ވައުދު ފުއްދާނަން.

"ފުރަތަމަ ބުރުގައި ނުދެވި ހުރި ރަށްތަކަށް މެއި ފަހުގެ ފެށޭ ތަނުން ދަތުރުތައް ކުރާނެ. މިހާރުގެ ޕްލޭނަކީ އޮގަސްޓުގެ ތެރޭގައި ހުރިހާ ރަށަކަށް ގޮސް ނިންމުން،" ރައީސް ވިދާޅުވި އެވެ.

ދެން އޮތް ފުރަތަމަ ދަތުރުގެ މަންޒިލަކީ މ. މުލި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ މީމު އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށާ ވެސް އެކު އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަން ފާހަގަ ކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!