ޚަބަރު

ރާއްޖެއަށް ޕީސް ޓީވީ ނުފެންނަ ގޮތް ހަދައިފި

ދެން އެމްވީ ، ދެން އޮންލައިން

ދީނީ ޕްރޮގްރާމްތައް ގެނެސްދޭ މަޝްހޫރު ޓީވީ ޗެނަލް "ޕީސް ޓީވީ" ރާއްޖެއިން ނުފެންނަ ގޮތް ހަދައިފިއެވެ.

Ads by STELCO

ޕީސް ޓީވީ ދެއްކުން ހުއްޓާލީ ކީއްވެ ކަމެއް މީޑިއާނެޓުން ހާމަކޮށްފައިނުވާއިރު، މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނީ "ޕީސްޓީވީ" ނުލިބޭތީ މީޑިއާ ނެޓްގެ ކޯލް ސެންޓަރަށް ގުޅުމުން އެ ޗެނަލް ދެއްކުން ހުއްޓާލީ އާންމުންގެ އެދުމުގެ މަތިން ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް އިސްކޮށް ހުންނަވާ ހިންގަމުންދާ ޕީސް ޓީވީ ވަނީ އޭނާގެ އުފަން ގައުމު ކަމަށްވާ އިންޑިއާގައި ދެއްކުން މަނާކޮށްފައެވެ. އިންޑިއާއިން ވަނީ ޑރ. ޒާކިރު އަށް ޓެރެރިޒަމްގެ ތުހުމަތުކޮށް އޭނާ އިންޑިއާއަށް ވަޑައިގެންފިނަމަ ހައްޔަރުކުރާނެ ކަމަށްވެސް ބުނެފައެވެ. އެކަމާ ގުޅިގެން ޒާކިރު މިހާރު ދިރިއުޅުއް ވަނީ މެލޭޝިޔާގަ އެވެ.

ދިވެހިންގެ މަގްބޫލުކަން ހޯދާފައިވާ ޕީސް ޓީވީން ދުނިޔޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރިންގެ ތަފާތު ދަރުސްތަކާއި، ޕްރޮގްރާމްތައް ފޮނުވަމުންދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!