ދުނިޔެ

ކޮވިޑް19: ބަލިން ރަނގަޅުވި 51 މީހުން އަލުން ބައްޔަށް ފައްސިވުމުން، ބޮޑު ބިރުވެރިކަމަކަށް

ދެން އެމްވީ ، ދެން އޮންލައިން

ދެކުނު ކޮރެއާގައި ކޮވިޑް19 އިން ރަނގަޅުވި 51 މީހަކު އަލުން ވައިރަހަށް ފައްސިވެއްޖެއެވެ. އެއާއެކު ސިއްހީ މާހިރުން ވަނީ ވައިރަސް ގެ ނުރައްކާތެރިކަން ބޮޑުވެދާނެކަމުގެ އިންޒާރު ދީފައެވެ. މިހުރިހާ މީހުންވެސް ވައިރަހަށް އަލުން ފައްސިވެފައި ވަނީ ބަލިން މުޅިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލިތާ ދުވަސްކޮޅެއް ފަހުންނެވެ.

Ads by Sosun Fihaara

ދެކުނު ކޮރެއާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އިން ބުނެފައިވަނީ ބޮޑަށް ބެލެވެނީ ވައިރަސް އަލުން އެކްޓިވޭޓް ވީކަމުގައެވެ. އަދި ބަލި ރަނގަޅުވީ މީހުންްގެ ގަޔަށް އެހެން މީހުން ގައިން އަލުން ވައިރަސް އެރުމުގެ ފުރުސަތު ކުޑަކަމުގައި ވެސް އެ ސެންޓަރުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ދެކުނު ކޮރެއާގެ ސައިންޓިސްޓުން ވެސް ވަނީ ހަށިގަނޑުގައި ވައިރަސް އިންއެކްޓިވްކޮށް އުޅެފާނެކަމުގައި ބުނެފައެވެ. އަދި އެ ހާލަތުގައި ޓެސްޓުތަކުން ހަށިގަނޑުގައި ވައިރަސް ހުރި ކަމަށް ނުދެއްކުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި އެފަރާތްތަކުން ހާމަކޮށްފައިވެއެވެ. އަދި މިހާތަނަށް ސަބަބު ހޯދިފައިނުވި ނަމަވެސް، ވައިރަސް އަލުން ހަށިގަނޑަށާއި ފުއްޕާމެއަށް ހަމަލާ ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި އެފަރާތުން ފާހަގަކުރިއެވެ.

ނަމަވެސް މި ފަދައިން ވައިރަސް ހަށިގަނޑުގައި ހުންނަ ކަމެއް އަދި އެއްވެސް ދިރާސާއަކުން ހާމަވެފައެއް ނުވެއެވެ.

ދެކުނު ކޮރެއާއިން ވަނީ މިހާތަނަށް 10,284 މީހަކު ވައިރަހަށް ފައްސިވެ 186 މީހަކުު ވައިރަހުގެ ސަބަބުން މަރުވެފައެވެ.

ވައިރަހުގެ ނުރައްކާތެރިކަން ދުނިޔޭގެ ގިނަ ހިސާބުތަކުގައި ބޮޑުވަމުން އަންނައިރު މިހާތަނަށް 1,292,461 މީހަކުވަނީ ވައިރަހަށް ޕޮސިޓިވްވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 70,797 މީހަކު ވަނީ ބަލީގެ ސަބަބުން މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!