ޚަބަރު

ހުޅުމާލޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރާނެ ޖާގަ ބަހައްޓަން ލާޒިމުކުރަނީ، މިނިސްޓަރު ޝަހީމުގެ ޝުކުރު އެޗްޑީސީއަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފޭސް މަތިން ނަގާފައިވާ ފޮޓޯއެއް: އެޗްޑީސީ

ހުޅުމާލޭ ބޮޑެތި އިިމާރާތްތަކުގައި ނަމާދުކުރާނެ ހާއްސަ ޖާގަ ބަހައްޓަން ނުވަތަ ހާއްސަ ތަނެއް ހުންނަން ލާޒިމުކުރާ ގޮތަށް ގަވާއިދު ބަދަލުކުރަން ހުޅުމާލެ ބަލަހައްޓާ ކުންފުނި އެޗްޑީސީން ނިންމައިފި އެވެ.

Ads by MPL

އެޗްޑީސީގެ އެ ނިންމުމަށް ޝުކުރު އަދާކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވީޑިއޯއެއް ވަނީ އެ ކުންފުނިން އެކްސްގައި ޕޯސްޓްކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވިސްނުމަކީ ޝޮޕިން މޯލްތަކާއި ކޮމާޝަލް ބިލްޑިންތަކާއި ކޮމާޝަލް އޭރިއާތަކާއި މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނަ ލަގުޒަރީ ބިލްޑިންތަކުގައި ވެސް ނަމާދު ކުރާނެ ކޮޓަރިއެއް ފަހިކޮށްދީފައި އޮތުމެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް. މައުރޫފު ޖަމީލުގެ އިސްނެންގެވުމުގެ މަތީން މި ކަން ހަގީގަތަކަށް ހެދުމަށް ޓަކައި ދަނީ މަސައްކަތް ކުރައްވަމުން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މި ގޮތަށް ހެދުމުން ނަމާދު ކުރުން ފަސްކުރަން ނޫނީ ޒިޔާރަތްކުރާ އިމާރާތާ ދުރުގައި މިސްކިތް ހުރެގެން ދުރަށް ދާން ޖެހުން ނިމުމަކަށް އައިސް ލުއިތަކެއް ލިބޭނެ ކަމަށެވެ.

"ތަރައްގީވަމުން އަންނަ ސަރަހައްދުތަކާއި ހުޅުމާލޭގައި ވެސް ކޮންމެ އިމާރާތެއް ކައިރި މިސްކިތެއް ނުހުރޭ. އެހެންކަމުން މިފަދަ ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައި އޮތުމުން، އެ ތަނަށް ޒިޔާރަތްކުރާ މީހުނަށް ވަރަށް ބޮޑު ލުޔަކަށް މި ކަން ވާނީ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

Ads by HDC
  1. ވެކްސިން

    މަގުމަތީ ވެކްސިން ޖަހަމުން ދުވާ ކުދިންގެ ހާއްޔަކަށް ތިތަންތަން ނުވާނެހެން ބެލެހެއްޓުންް ވަރަށް މުހިއްމުވާނެ.