ގަވައިދާ ހިލާފަށް އުޅޭ އަށް ބިދޭސީއަކު ބާޒާރުމަތިން އަތުލައިގެންފި

ގަވައިދާ ހިލާފަށް އުޅޭ އަށް ބިދޭސީއަކު ބާޒާރުމަތިން އަތުލައިގެންފި އެވެ.
އިމިގްޜޭޝަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން އިއްޔެ ހަވީރު ކުރިއަށްގެންދިއަ ރެއިޑު އޮޕަރޭޝަންގައި، މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ހިންގަމުންދާ ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކުރި ކަމަށެވެ،
އަދި މި ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެ އެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ ތެރެއިން 24,540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވެ އެވެ.
އިމިގްޜޭޝަންއިން ދާދި ފަހުން ބުނީ މިހާރު ކުރިއަށްދާ ރެއިޑްތަކާ އެކު ގިނަ ބިދޭސީން އުޅެނީ ގަވައިދާ އެއްގޮތަަށްކަން ފާހަގަވެފައިވާ ކަމަށެވެ.