ޖީޖީ ހަދީދް ވިހައިފި

ޖީޖީ ހަދީދާއި ޒޭން މާލިކާ ދެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޒޭން ބުދަ ދުވަހު ކުރި މީސް މީޑީއާ ޕޯސްޓެއްގައެވެ. އެ ދެމީހުންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އަދި ދަރިފުޅުގެ ހާލު ރަނގަޅުކަން ޒޭން ފާހަގަކޮށްފައި ވެއެވެ.
ޒޭން ބުނެފައި ވަނީ މިވަގުތު ކުރެވެމުންދާ އިހުސާސްތައް ބަޔާން ކޮށްދޭން ވެސް ދަތިކަމަށާއި ހުރިހާ ކަމަކަށް ޝުކުރުވެރިވާ ކަމަށެވެ.
މި މަހުގެ ކުރީކޮޅު ވެސް ޖީޖީ ވިހައިފި ކަމަށް ބައެއް ރިޕޯޓުތައް ބުނެ އަޑުފެތުރިފައިވެއެވެ.
ޖީޖީ އާއި ޒޭން އަށް ކުއްޖަކު ލިބެން އުޅޭ ކަން ހާމަކުރީ އޭޕްރިލް މަހުގެ ތެރޭގައެވެ. ޖީޖީ އާއި ވަން ޑިރެކްޝަން ގެ ތަރި ޒޭން މާލިކް އެންމެ ފުރަތަމަ ރައްޓެހިވެފައި ވަނީ 2015 ވަނަ އަހަރުގެ ނޮވްމްބަރު މަހުގެ ތެރޭގައެވެ.
ޖީޖީ ވިހާފައިވާ ކަން ހާމަކޮށްފައިވާއިރު، ޖީޖީގެ ކޮއްކޮ ބެލާ ހަދީދް ވެސް ވަނީ ބަލިވެއިންކަން ހާމަކޮށްފައެވެ.