ގެއްލިގެން ހޯދަމުންދިޔަ ދިވެއްސަކު ވައިގޮޅިތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
މާލެ އިން ގެއްލިގެން ހޯދަމުންދިޔަ ދިވެއްސަކު ވައިގޮޅިތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުރި ގެއަކުން މިއަދު ހެނދުނުން ފެށިގެން އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ނުފެނިގެން މިރޭ 10:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެމީހާ އެގޭގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮއްވާ މިރޭ 10:36 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއާއެކު އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
Ads by Allied Insurance