ދީން

ޑޮކްޓަރުން އުއްމީދު ކަނޑާލި ނަމަވެސް ޒަމްޒަމް ފެނުން ފަރުވާ ލިބުނު މީހެއްގެ ވާހަކަ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
Recipients with zamzam water in the mosque of Prophet Muhammad in the city of Medina Saudi Arabia. Ramadan 2016

ޒަމްޒަމް ފެނަކީ އެ ފެނުގައި ބަރަކާތާއި ޝިފާ އެކުލެވިގެންވާ ވަރަށްވެސް މާތް ފެނެކެވެ. މިއީ ސައިންސްގެ ހޯދުންތަކުން ވެސް ޔަގީން ކުރެވިފައިވާ ކަމެކެވެ. އަދި އެއްވެސް މުސްލިމަކު އިންކާރުކުރާ ކަމެއްވެސް ނޫނެވެ.

Ads by STELCO

ބޮސްނިއާ އަށް ނިސްބަތްވާ ނިހާދު ހައްޖަށް ދާން ގަސްތުކުރީ އޭނާގެ ފުރަމޭގައި ޓިއުމަރެއް އުފެދި ޑޮކްޓަރުން އުއްމީދު ކަނޑާލުމުންނެވެ. ހައްޖަށް ގޮސް އުޅެމުން ދިމާވި އިމާމަކަށް އޭނާގެ ވާހަކަ ކިޔައިދިނުމުން ޒަމްޒަމް ފެނުގެ ވާހަކަ ކިޔައިދީ އެ ފެނަކީ ބަލި ތަކުގެ ޝިފާ އެކުލެވޭ ފެނެއް ކަމުގައި ބުންޏެވެ. އަދި ބަލި ފަސޭހަ ވުމަށް އެދޭ ހާލު އެކަމަށް ދުޢާކޮށް ޒަމްޒަމް ފެން ބޯން އެދުނެވެ.

ހަ ރެޔާއި ހަ ދުވަސް ވަންދެން ނިހާދު ޒަމްޒަމް ފެން ބުޔެވެ. މާތް ﷲ ގެ އިރާދަފުޅުން އޭނާގެ ބަލި ފަސޭހަވިއެވެ. ޑޮކްޓަރުން ވެސް ތިބީ މިކަމާއި މެެދު އަންތަރީސްވެފައެވެ.

ޒަމްޒަމް ފެނުގެ މާތްކަމާއި މަތިވެރިކަން ހަމައެކަނި މި ކުޑަކުޑަ ވާހަކައިން ވެސް ހާމަ ވެގެންދެއެވެ.

އިތުރު ރަސޫލާގެ ހަދީޘް ބަސްފުޅެއްގައި ވެއެވެ. " ބިންމަތީގައިވާ އެންމެ ހެޔޮ އަދި އެންމެ ރަނގަޅު ފެނަކީ ޒަމްޒަމް ފެނެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!