މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ހެކަރުން ހަމަލާދެނީ!
މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ބަޔަކު ސައިބަރަ ހަމަލާދެމުންދާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
މޯލްޑިވިއަން އިން މިރޭ ބުނީ އޮންލައިންކޮށް އެ އެއާލައިނުގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މި ފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މިކަން ދިމާވެފައިވަނީ މެލޭޝިއާ އިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް، މޯލްޑިވިއަން އިން އޮންލައިންކޮށް ޓިކެޓު ނެގުން ހުޅުވާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
އެއާއެކު މޯލްޑިވިއަން އިން މިހާރު ވަނީ އޮންލައިންކޮށް ޓިކެޓު ނެގަން އުނދަގޫވާ ފަރާތްތަކަށް، މި ވަގުތުން ފެށިގެން 3335544 އަށް ގުޅައިގެން ވަގުތުން ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
Our system administrators have informed us that our website is constantly being attacked by hackers while many of our customers are trying to access the system. We strongly condemn such actions during these trying times.
— Maldivian (@MaldivianAero) April 6, 2020