Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

15 ކިލޯގެ މަގުން؛ 500ޢާއިލާއަށް މެލޭޝިޔާގައި ތިބި ދިވެހިންނަށް ތަކެތި ފޯރުކޮށްދިނުމުގެ ފުރުސަތު

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ މެލޭޝިއާގައި ތިބި ދިވެހިންނަށް ޒަރޫރީ ތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވާތީ މާދަމާ ދިވެހިން ބަލާ މެލޭޝިއާއަށް ދާ މޯލްޑިވިއަން ފްލައިޓެއް ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

އެމެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ވެބްސައިޓްގައިވާ ފޯމް ހުށައެޅުމަށް ފޮރިން މިނިސްޓްރީން ވަނީ އަދި އެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ އެކަމަށް އެދޭ 500 ފަރާތަކަށް ކަމަށާއި ކޮންމެ އާއިލާއަކަށް ދެވޭނީ 15 ކިލޯގެ ސާމާނު ފޮނުވުމުގެ ފުރުސަތު ކަަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކެއާ ޕެކެޖްގެ ގޮތުގައި ފޮނުވޭނެ ތަކެތި

Advertisement
Allied — Dhen Online (box)
  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކެއާ ޕެކެޖްގެ ގޮތުގައި ނުފޮނުވޭނެ ތަކެތި

  • ފައިސާ
  • ރޯމަސް
  • ކިއްލި
  • ހެދިކާ
  • މޭވާ
  • ސިނގިރެޓް އަދި ދުންފަތުގެ ބާވަތްތައް
  • ތަރުކާރީ
  • ހަނޑޫ، ހަކުރު، ފުއް


އެ މިނިސްޓްރީން ފުރުސަތުދޭ އާއިލާތަކުން ތަކެތި ގެންނާނީ މާދަމާ ހެނދުނު 08:00 ފެށިިގެން ހަވީރު 16:00 ހަމައަށް ވީއައިއޭގެ ޑިޕާޓާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރުތަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.


މެލޭޝިއާއަށް މޯލްޑިވިއަންއިން ކުރާ ދަތުރުގައި ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ޓިކެޓް ގަނެވޭނެއެވެ. ޓިކެޓެއް ގެ އަގަކީ 330 ޑޮލަރެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް