ޚަބަރު

ޓްރޭނިން ހަދަމުން ދިޔަ ފުލުހަކު ހާލު ދެރަވެ މާލެ ގެނެސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލް/ ފޮޓޯ: ދެން އިމޭޖްސް

ދ. ވާނީގައި ޓްރޭނިން ހަދަމުން ދިޔަ ފުލުހަކު ހާލު ދެރަވެ މިއަދު މާލެ ގެނެސްފި އެވެ.

Ads by STELCO

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ހާލު ދެރަވި ޓްރެއިނީ ފުރަތަމަ ގެންދިޔަީ ކުޑަހުވަދޫ ހޮސްޕިޓަލަށް ކަމަށެވެ.

އަދި އެއަށް ފަހު މިއަދު މެންދުުރު އޭނާ އެއާލިފްޓްކޮށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ހާލު ސީރިއަސްކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!