ހަތަރު ވަނަ ބަންޑާރަ ކަޕް މާދަމާ ފަށަނީ

ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި، ގާނޫނީ ހިދުމަތް ދޭ އަމިއްލަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ 'ބަންޑާރަ ކަޕް' ގެ ހަތަރުވަނަ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިއީ، ބަންޑާރަ ނައިބު އޮފީހުގެ ރެކްރިއޭޝަން ކްލަބުން އިސްތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.
މި މަހުގެ 8 އިން 17 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް އޮންނާނީ ހެންވޭރު ބޯޅަ ދަނޑުގައި ހަވީރާއި ރޭގަނޑުއެވެ.
މި އަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޒަނުގައި 13 ޓީމާއި، އަންހެން ޑިވިޒަނުގައި 11 ޓީމު ވާދަކުރެއެވެ. ގްރޫޕް ސްޓޭޖްގެ މެޗުތައް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ފިރިގެން ޑިވިޒަންގެ ގްރޫޕް އޭ
- ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ "ކްލަބް 220"
- ސިވިލް ކޯޓުގެ "ކްލަބް ސީވީސީ"
- އޮޑިޓަ ޖެނެރަލްގެ އޮފީހުގެ "އޭޖީއޯއާރުސީ"'
- ޕްރައިވެޓް ބާގެ ވަކީލުންގެ މައްޗަށް އެކުލެވޭ "ޓީމް ސޫޖީ"
ފިރިގެން ޑިވިޒަންގެ ގްރޫޕް ބީ
- ކްރިމިނަލް ކޯޓުގެ "ޓީމް ސީއާރުސީ"
- ގާނޫނީ ފާމް "ސީއެލްއޭ"
- ޕާޓްނަސް އަށް ނިސްބަތްވާ "ޓީމް ކްލެޕް"
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކްރިއޭޝަން ކްލަބް "މީރާ އާރުސީ"
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ "ޕެންޝަން އާރުސީ".
ފިރިގެން ޑިވިޒަންގެ ގްރޫޕް ސީ
- ޑްރަގް ކޯޓުގެ "ޓީމް ޑީސީ"
- ބަންޑާރަނައިބުގެ އޮފީހުގެ "ބަންޑާރަ ކްލަބް"
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ "އޭސީސީއާރުސީ"
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 'އެޗްއާރުއާރުސީ"
- ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް "ޕެމާ"

އަންހެން ޑިވިޒަންގެ ގްރޫޕް އޭ
- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ "ކްލަބް ޖޭއެސްސީ"
- ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ޑްރަގް ކޯޓަށް ނިސްބަތްވާ "ޓީމް ވީޓީއާރުޑީސީ"
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ "އޭސީސީއާރުސީ"
އަންހެން ޑިވިޒަންގެ ގްރޫޕް ބީ
- ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ "ކްލަބް 220"
- ސިވިލް ކޯޓުގެ "ކްލަބް ސީވީީސީ"
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ "އެޗްއާރުއާރުސީ"
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކްރިއޭޝަން ކްލަބް "މީރާ އާރުސީ"
އަންހެން ޑިވިޒަންގެ ގްރޫޕް ސީ
- ކްރިމިނަލް ކޯޓުގެ "ޓީމް ސީއާރުސީ"
- ސީއެލްއޭ ޕާރޓްނާސް އަށް ނިސްބަތްވާ "ޓީމް ކްލެޕް"
- ރައީސް އޮފީހުގެ ރެކްރިއޭޝަން ކްލަބް "ޕީއޯއެސްސީ"
- ބަންޑާރަ ކްލަބް
